ސިވިލް ކޯޓަށް ތިން ގާޒީއަކު ހޯދަން ހުޅުވާލި ފުރުސަތުގައި 42 މީހަކު ކުރިމަތިލައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ މަހުގެ 21 ވަނަ ދުވަހު ހުޅުވާލި މި ފުރުސަތުގެ މުއްދަތު މި މަހުގެ ފުރަތަމަ ދުވަހަށް ހަމަވިއިރު، ގާޒީ ކަމުގެ މަގާމުތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ސިވިލް ކޯޓުގައި މިވަގުތު 17 ގާޒީން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އަލަށް ހުޅުވާލި މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންނަށް މުސާރައިގެ ގޮތުގައި 37,700 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 22,300 ރުފިޔާގެ އިތުރުން މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ އެވެ.
މި މަގާމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު، ނޫންނަމަ އެ ދެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާ އެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގެ ދާއިރާގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހެ އެވެ. ޖޭއެސްސީން ސިވިލް ކޯޓަށް ގާޒީން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ކްރިމިނަލް ކޯޓަށް ވެސް ގާޒީއަކު ހޯދުމުގެ ފުރުސަތު އެ ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ.
ޕްރިންސް ޖޯޖްގެ އިސްކޮޅުން އެންމެން ހައިރާން ކޮށްލައިފި
"އަލްފާ"އާއެކު އާލިއާ ބޮލީވުޑްގެ އެންމެ އުހަށް!
ކަރަންޓު އަގު ހެޔޮ ކުރަން އިތުރަށް ހަރަދުކުރި