ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި މޯލްޑިވްސް މާކެޓީން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ން ވަގަށް ނެގި ފައިސާ ލިބިފައިވާ 281 ފަރާތެއް ނަން ހިމެނޭ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އާންމުކޮށްފައިވާ ލިސްޓްގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުއްދީންގެ ނަން އޮތްކަން ހާމަވެއްޖެ އެވެ.
މީގެ ކުރިން ވެސް އަކްރަމްގެ މައްޗަށް ތުހުމަތު ކުރެވި މައްސަލަ ބަލާ ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ބެހެއްޓި އެވެ.
މަޖިލީހުން މިއަދުު އާންމުކުރި ލިސްޓްގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލަގައި ބައިވެރިވާ ކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހެއްގެ ނަން ވަނީ ފާހަގަކޮށްފަ އެވެ. އެ ލިސްޓްގައި ޖުމްލަ ހިމެނެނީ 281 ފަރާތެއްގެ ނަމެވެ.
މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތު މައްޗަށް އޭސީސީން އެކުލަވައިލި ތަހުގީގު ރިޕޯޓުގައި، އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން އެސްއޯއެފުން ފައިސާ ޖަމާވި މައްސަލާގައި އަކުރަމް ސަސްޕެންޝަން އުވާލީ އޭޕްރީލް 16، 2019 ގައެވެ.
ހިޔާނާތުގެ ފައިސާގެ ތެރެއިން އަކްރަމަށް ލިބިފައި ވަނީ 33،000 ޑޮލަރުކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ބުނެފަ އެވެ.
3 ނަމެއް އުނިވެއްޖޭ ރައްޓެއްސަކު ބުނި. ޢަދި ބުނި އެއީ މުޖްރިމް ބްރޯ ގެ ލޯޔަރާ އެހެން ލޯޔަރަކާ، ޅިޔަނެކޯ. މިކަން ސަފުކޮށްލަދީ.