ކޮވިޑް ބަލީގައި މީހަކު މަރުނުވާތާ 24 ގަޑިއިރަށް ފަހު އެބަލީގައި ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 6:37 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 83 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން މަރުވި 159 މީހާ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަތީގައި އުޅުމަށްފަހު އިއްޔެ ވަނީ އެއަދަދު ކޮންމެވެސް ވަރަކަށް މަދުވެފަ އެވެ.

ކޮވިޑްގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިމަހު އެވެ. މިހާރުވެސް ހޮސްޕިޓަލުގައި އެޑްމިންޓް ކޮށްގެން އަންނަނީ ގިނަ މީހުންނަށް ފަރުވާ ހޯދަމުންނެވެ.