ކުރީގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން މަދުން އާމްދަނީ ލިބޭ ފަރާތަކަށް ސަބްސިޑީ ހަމަޖައްސައި ކުލި ކުޑަކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ހިޔާ ޔޫނިއަން އިން ބުނެފި އެވެ.
ހިޔާ ޔޫނިއަންއިން ވަނީ ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީ ހިމެނޭ ގޮތަށް ހިޔާ ފްލެޓްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ މެދުގައި މަޝްވަރާކޮށްފަ އެވެ.
މިމަޝްވަރާތަކަށް ފަހު ހިޔާ ޔޫނިއަން އިން ބުނެފައި ވަނީ މަދުން އާމްދަނީ ލިބޭ މީހުންނަށް ދައުލަތުން ސަބްސިޑީ ހަމަޖައްސައި، ކުލި ކުޑަކޮށްދޭނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ކަމަށެވެ. އަދި ފްލެޓްތަކުން ކުނި އުކޭނެ ނިޒާމަކަށް ޔޫނިއަންއިން އެދިފައިވާ ގޮތަށް ގާބޭޗް ޝޫޓް ގާއިމުކުރުމަށް އެކަން ކުރެވެން އޮތް ގޮތެއް ހޯދައި ގާބޭޗް ޝޫޓް ގާއިމުކުރުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން އެޗްޑީސީއަށް އަންގަވާފައިވާ ކަމަށް ވެސް ޔޫނިއަން އިން ބުންޏެވެ.
މިހާރު ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ދީފައިވާ ފިނިޝިންގެ މަސައްކަތް ތިން މަސްދުވަހު ތެރޭގައި ނުނިމޭނެ ފަރާތްތަކަށް އިތުރު މުއްދަތު ދިނުމަށް ވެސް ނިންމާފައިވާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
މީގެ އިތުރުން ހިޔާ ޔޫނިއަނުން ބުނީ ބޭންކް އޮފް މޯލްޑިވްސް އަދި އެޗްޑީއެފްސީ މެދުވެރިކޮށް ޕެންޝަންފަންޑުން ކޮލަޓްރައިޒްކޮށް 15 އަހަރަށް ބަހާލެވޭ ގޮތަށް އިންޓީރިއާ ފިނިޝިންއަށް ބޭނުންވާ ލޯން ހަމަޖެހޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އަސްލަމް ދެއްވާފައިވާ ކަމަށެވެ. އަދި އެންސްޕާ މެދުވެރިކޮށް ސޯޝަލް ހައުސިންނަށް ސަބްސިޑީ ލިބޭނެކަމުގެ ޔަގީން ލިބިފައިވާ ކަމަށް ޔޫނިއަނުން ބުނެ އެވެ.
ހިޔާ ފްލެޓްގެ ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ޓަވަރެއް ވަކިން ކަމަށާއި ކޮންމެ ދުވަހަކު 300 އެގްރިމަންޓްގައި ސޮއި ކުރެވޭނެކަމުގެ ޔަގީންކަން އެޗްޑީސީން ދީފައިވާ ކަމަށް ޔޫނިއަން އިން ބުންޏެވެ. އަދި ހިޔާ ފްލެޓާ ގުޅިގެން އިތުރަށް މަޝްވަރާ ކުރުމަށް ހުރި ކަންކަމުގައި މަޝްވަރާ ކުރުމަށް ކޮންމެ އިދާރާއަކުން ފޯކަލް ޕޮއިންޓެއް ކަނޑައަޅާފައިވާ ކަމަށް ވެސް ޔޫނިއަން އިން ބުންޏެވެ.
ތިތަން ސަރުކާރަށް 2އަހަރުދުވަހުން ޙަވާލުނުކުރެވުނު ތަނެއް ނިކަމެތި މީހާ 3މަސްދުވަހުން ނިންމާނީ ކިހިނެތްތޯ؟
ބަލަ ކޮންމެ ބަޔަކުވެސް ފަންނީ ވަނީ ވަޒީފާ އެއްގައި އުޅެ އާމް ދަނީއެއް ލިބޭއިރު ވަޒީފާއެއްނެތި އާމްދަނީ ނުލިބޭ ނަމަ އެމީހާވެސް ހަމަ ނިކަމެތި އާދައިގެ މީހަކަށްވަނީ !
ކޮންމެ ވެސް އެއްޗެކޭ ކިޔައިގެން ސޮއި ކުރެވުނީމަ ދެންނޯންނާނެދޯ ފަގީރު މީހާ އިތުރަށް ކުރާނެ ކަމެއް. ވައްކަމުގެ މައްޗަށް ވައްކަން
ގާބޭޖް ޝޫޓް ސިސްޓަމަކީ މިހާރުވެސް ފެއިލް ވެފައިވާ ސިސްޓަމެއްކަން އެނގޭނެ މާލެހިޔާ ފްލެޓްތަކުގެ އެކްސްޕީރިއަންސް އަށް ބަލާއިރުވެސް. އެތަނަށް އަޅާކުނި ބަލާކަށް ނުބެހެއްޓޭނެ މީހެއް. ޖެހުނު ކޮންމެ އެއްޗެއް އުކާލަން ބޭނުން ކުރަނީ. ތަން މަރާމާތު ކުރުމަށްފަހު ނެރޭ ކުނި ވެސް އުޅޭ މީހުންގެ ގޮތެއް ނުހުރޭ. ކޮތަޅު ރަނގަޅަށް ބަންދު ނުކޮށް ވެސް އުކަނީ. ބޮޑެތި އެއްޗިހި ތާށިވެގެން ބްލޮކް ވާތީ އެންމެ ފަހުން ބަންދު ކޮށްފަ ހުންނަނީ...ނަމަވެސް މިހާރު ވެސް ގްރައުންޑަށް ކުނިބާލަން ޖެހޭތީ ބެލްކަނިން ކުނިއުކާ މީހުން ވެ
މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގަ ތަރައްގީކޮއްފައިވާ 25 ބުރީގެ ޓަވަރުތަކުގަ ހުރި އެޕާޓުމަންޓުތަކަކީ އިންސާނުން ދިރިއުޅެން އަޅާފަ ހުރި ބިލްޑިންގުތަކެއް ނޫކަން ފާހަގަކުރީ ރަގަޅައް. ހަމައެއީ ކޮތަރުކޮށިތަކެއް. އެތާގެ ރޫމެއްގެ ބޮޑުމިނަކީ (10) (9) ފޫޓް ސެޓިންރީމުގެ ބޮޑުމިންކީ (8) (24) ފޫޓް. ހަމަ ސާލިހު ބޫނީ އެތި ދިމާވެއްޖެ. އެކަން އެގުނީ އެތަނައް އަރާބަލާލާނެ ފުރުސަތު ލިބުނީމާ. އެތަނަކީ އިންސާނުން ދިރިއުޅެން ކަމުދާވަރުގެ ތައެއް ނޫން.
ޢެބުނާ މަދުން އާމްދަނީ ލިބެއޭ އެކިޔަނީ ވަޒީފާ އަށްނުގޮސް ތިބޭ މާލޭގެ މުއްސަނދި ކުލިވެރިން.
ކޮން މަދުން އާމްދަނިީ އެކޭ ކިޔާކަށްތަ؟ތިޔަ ތަން ލިބުނު ހުރިހާ އެންމެނަށް ކުލި ކުޑަކޮށް ދޭންޖެހޭ. ކުލި ދައްކާފަ ފެނާ ކަރަންޓް ބިލް ދައްކާފަ އަހަރުން ތިބެންވީ ކެއިންބުއިމާއި ދަރިންގެ ޚަރަދުތައް ނުކޮށްތަ؟ މުއްސަނދި ނަމަ ތިޔަ ސޯޝަލް ހައުސިންގ އަކަށް ނުލާނެ ދޯ! ތިޔަތަނަށް އެކަށީގެން ނުވާ ބޮޑު އަގެއްކީ ރައްޔިތު މީހާ ފެލަންތަ؟