ފޮރޮންޓްލައިން އެލެވެންސް މުއްދަތެއް ނެތް ގޮތަށް އަބަދަކު ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫސް "މިހާރު"އަށް ދެއްވި އިންޓިވިއެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، ފްރޮންޓްލައިން އެލަވަންސް ދިނުން ހުއްޓާލާނެ ދުވަހެއް ސަރުކާރުން ނިންމާފައި ނުވިޔަސް، ފޮރޮންޓްލައިން އެލޮވޮންސަކީ ބަލި އޮތްހާ ދުވަހެއް ވަންދެން އަބަދު ދޭން ޖެހޭ އެލަވަންސެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެކަމާއި ގުޅިގެން އިތުރަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށާއި ވޮލެންޓިއާކޮށް މަސައްކަތް ކުރާ މީހުންނަށާއި ވަޒީފާއެއް ނެތި މަސައްކަތް ކުރާ މީހުންނަށް އެ ކޮމްޕެންސޭޓް ކުރަން ޖެހޭނެ. ދެން މިހާރު އޮތް ގޮތުން ފްރޮންޓްލައިން އެލަވަންސް ދިނުން ހުއްޓާލާނީ އަދި ކޮން ދުވަހަކުތޯ އަޅުގަނޑަށް ދަންނަވަން ދަތި. އެކަމަކު ވަރަށް އަވަހަށް އެ ނިންމުން ވެސް ނިންމާނަން،" އަމީރު ވިދާޅުވި އެވެ.
މިހާތަނަށް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 12،200 މީހުންނަށް 160 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.
ފްރޮންޓްލައިން އެލަވަންސް ދެނީ ކޮވިޑުން ރައްކާތެރިވުމަށް އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގަައިހެން ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެންމެ އިސް ސަފުގައި އުޅުނު މީހުންނަށް އެލަވަންސް ދިން ކަމަށެވެ.
ރާއްޖޭގައި އެ އެލެވޮންސް ދޭން ފެށީ މާޗް 7، 2020 ގަ އެވެ. އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. "ހައި ރިސްކް" ކެޓަގަރީ އެލަވަންސްގެ ގޮތުގައި ދުވާލަކަށް 500 ރުފިޔާ ދޭ އިރު މީޑިއަމް ރިސްކް ކެޓަގަރީގައި މަސައްކަތް ކުރާ މީހުންނަށް މަހަކު 250 ރުފިޔާ އެވެ. އަދި ލޯ ރިސްކްގެ ގޮތުގައި މަސަައްކަތް ކުރާ މީހުންނަށް ދުވާލަކަށް 200 ރުފިޔާ ދެ އެވެ.
ކައިރި ކުދިންނަށް ބައި އެޅޭ ގޮތަށް ބޮޑެތި އަދަދު ތަކުން ބަދަލު ދެވޭ.ބުރި ބިނދެންދެން މަސައްކަތް ކުރާ މީހުންނަކަށް ދޭނެ ބައި ރުފިޔާ އެއްވެސް ނެތް. ގުއިތަފާލަމަތީ ދަނޑިން ތެޅިއްޔާ މާ ރަނގަޅުވާނެ. ގައިމުންވެސް ގަޔަށް ބުރާނެ.