ކޮވިޑް-19 އިން ދިފާއުވުމަށް ރަޝިޔާއިން އުފައްދާފައިވާ ސްޕަޓްނިކް ވެކްސިން ދެން ރާއްޖެ ނުގެންނަން ނިންމައިފި އެވެ
އެޗްއިއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވީ ސްޕަޓްނިކް ވެކްސިން ނުގެންނަގޮތަށް ސަރުކާރުން މިހާރު ނިންމާފައިވާކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ މިވަގުތަށް ބޭނުންވާވަރަށް ވެކްސިން ލިބިފައި ހުރުމުންކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ މިވެކްސިން ގެނައުމަށް ވާހަކަ ދައްކާފައިވީ ނަމަވެސް އެއްވެސް ޕޭމަންޓެއް ދައްކާފައި ނުވާ ކަމަށެވެ.
ސަރުކާރުން މިފަހުން ވަނީ ރާއްޖޭގެ އާބާދީއަށް ބޭނުންވާވަރަށް ވެކްސިން ލިބިފައިވާކަން ވެސް ހާމަކޮށްފަ އެވެ.
މިމަހުގެ ނުވަވަނަ ދުވަހު ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް 128،700 ޑޯޒްގެ ފައިޒާ ވެކްސިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފަ އެވެ. އަދި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ 700،000 ޑޯޒް ގެ ފުރަތަމަ ޝިޕްމަންޓް ވެސް ރާއްޖެއަށް ލިބިފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައިވެ އެވެ.
ފައިޒާ ވެކްސިން އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް އަންނަ ހަފްތާ ފަށާނެ އެވެ.
މިމަސް ނިމުގެ ކުރިން ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ 90 އިންސައްތަ ވެކްސިން ޖެހުމަށް ސަރުކާރު ވަނީ އަމާޒު ހިފާފަ އެވެ.
ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކާ މެދުގައި ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އިމާރާތަކުން މީހުން ވެއްޓުނު މައްސަލާގައި ކުންފުނި ޖޫރިމަނާ
ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމް
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،500 އަށް
