ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް މަގުދައްކާ އަދި އާންމު ރައްޔިތުންގެ ދިރިއުޅުން ބައްޓަންކުރުމުގައި ސްޓްރެޓީޖިކް އިންޓެލިޖަންސްގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ބައިނަލްއަގުވާމީގޮތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންޓެލިޖަންސްގެ ޙިއްސާ ވަރަށް ބޮޑު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، 20 އަށް ވުރެ ގިނަ ގައުމުގެ ޑިފެންސް އިންޓެލިޖަންސްގެ އިސްވެރިން ބައިވެރިވެޑައިގެންނެވި އަދި މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ 14 ވަނަ އިންޑޯ-ޕެސިފިކް އިންޓެލިޖަންސް ޗީފްސް ކޮންފަރެންސް ހުޅުވުމަށް، ހޯމަދުވަހު ހެނދުނު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަހަރުގެ ކޮންފަރެންސްގެ މައުލޫކީ "އޯވަކަމިން ގްލޯބަލް އިންޓެލިޖަންސް ޗެލެންޖަސް ތުރޫ ޕާޓްނާޝިޕްސް"، ނުވަތަ ބައިނަލްއަޤްވާމީ އިންޓެލިޖަންސް އިދާރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމު ކަމެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، ދެ ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އަދި ކަނޑުމަގުން ކުރާ ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގައި އިސްތިރާޖީގޮތުން އައިސްފައިވާ މައިގަނޑު ބަދަލުތަކާއި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
މިގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދޭދޭ ގައުމުތަކުން ގުޅިގެން، އިންޓެލިޖަންސް މަލޫލޫމާތާއި ބެސްޓް ޕްރެކްޓިސް ހިއްސާކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކާ ދެކޮޅަށް ޓްރެއިނިންގްތައް ހިންގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުން އަބަދުވެސް ބާރުއަޅުއްވާ ކަމެއް ކަމަށާއި، މި ކޮންފަރެންސް މެދުވެރިކޮށް، އެކަން ކުރުމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް، މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
99.7 ޕަސެންޓް ފެނުގެ މައްޗަށް އެކުލެވިފައިވުމުގެ އިތުރުން، އެއްހާހަށްވުރެ ގިނަ ރަށުގެ ތެރެއިން، އެއްބައި ރަށްރަށުގައި މީސްކޮޅު މަދު، އަދި ތޮއްޖެހި ފިތިފައި އޮންނަ މާލެއަކީ ވެރިރަށްކަމުގައިވާ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގެ ސަލާމަތާއި ރައްކާތެރިން ކަށަވަރުކުރުމުގައި، ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް މިނިސްޓަރު ވަނީ އަލިއަޅުއްވާލައްވާފަ އެވެ.
އިންޓެލިޖެންސޭ އެހެންތޭ އިންޓެލިޖެންސް މިހާރު އެއޮތީ އޮޅާލާ އޮޅާލާ އޮޅާލާ ފާރުބުޑަށް ޖަހާފައޭ އިންޓެލިޖެންސް މޮޅު ކަމުންނޭ ހިޔާ ފްލެޓްސް ތަކުގެ ތަނބު ތައް ކަނޑަައިގެން އައްޑޫ ވަގުން ތައް ގެންދާ އިރު ވެސް އެކަން އިންޓެލިޖެންސަށް ނޭގުން އޮއޮއޯ އޮއޮއޯ އޮއޮއޯ އިންޓެލިޖެންސް އިންޓެލިޖެންސް އިންޓެލިޖެންސް އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ޖަހާ ފާރުބުޑަށް އަރިދަފުސް ރޯގާ ފޮޅާލާ ފާރު ބުޑަށް ޖަހާ ގޮތަށް އޮއޮއޯ އޮއޮއޯ އޮއޮއޯ އިންޓެލިޖެންސޭ އިޓްސް ދަ ރިދަމް ރިދަމް އޮފް އަވަރ ހާރޓް..