ރާއްޖެއިން ޓެސްޓްކުރި 3،109 ސާމްޕަލް އިން 84 މީހަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،109 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު، އޭގެ ތެރެއިން 84 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 37 މީހުންނާއި، އެކި ރަށްރަށުން 37 މީހުންނާއި ރިސޯޓުތަކުން ނުވަ މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންއާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 83،332 އަށް އަރާފަ އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،686 މީހުންނެވެ. މިހާތަނަށް 81,404 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 18 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
މިއަދާ ހަމައަށް 229 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!