ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް 27,000 އަށް ވުރެ ގިނަ ދަރިވަރުން މިހާތަނަށް ފުރިހަމަކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޑިއުކޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، 218 ސްކޫލަކަށް ނިސްބަތްވާ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ޖުމްލަ 27,697 ކުދިން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ.

މީގެ އިތުރުން 178 ސްކޫލަކަށް ނިސްބަތްވާ ކުދިންގެ ތެރެއިން މިމަހުގެ 26ގެ ނިޔަލަށް 35,989 ދަރިވަރަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގެ ސްކޫލްތަކުގައި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 36,000 އަށް ވުރެ ގިނަ ދަރިވަރުން އެބަތިއްބެވެ.

މިގޮތުން ކޮވިޑު ފެތުރުނަ ނުދީ ހިފެހައްޓައި، ބަލިން ސަލާމަތްވުމަށް ޖަހާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 335,965 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އޭގެ ތެރޭގައި ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 391,739 އެވެ.