ދިވެހި ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދުމަށް ފުލުހުން ފޮޓޯއާއި މައުލޫމާތު އާއްމުކޮށްފި އެވެ.

ފުލުހުންގެ ތަހުގީގަށް ހޯދުމަށް އިއުލާންކޮށްފައި ވަނީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާ އުޅޭ ވަކި ތަނެއް އާއިލާއަށް ވެސް އެނގިފައި ނުވާތީ އާއި، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުމުގެ އުސޫލުގެ މަތިންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިގޮތުން ފުލުހުންގެ ތަހުގީގަށް ހޯދުމަށް އިއުލާނުކޮށްފައި ވަނީ ތ. ތިމަރަފުށީ، މުލިމަތީގެ، ހަސަން ވަހީދު 24، އެވެ.

ފުލުހުންގެ އިއުލާނުގައި ވަނީ މި މައްސަލައާ ގުޅިގެން ތަހުގީގު ކުރަމުން ގެންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް އޭނާ އޮކްޓޫބަރު ހަ ވަނަ ދުވަހު ހާޒިރުވުމަށެވެ. އަދި އެ ދުވަހުގެ 2:00 އަށް ހުޅުމާލެ ޕޮލިސް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ވެސް ފުލުހުންގެ އިއުލާނުގައި ބުނެފައިވެ އެވެ.