ރާއްޖެއިން މިއަދު ވެސް އިތުރު 105 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އަލަށް ޕޮޒިޓިވްވި 105 މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 84,971 އަށް އަރާފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 21 މީހުންނާއި، އެކި ރަށްރަށުން 80 މީހުންނާއި ރިސޯޓުތަކުން ހަތަރު މީހުންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،549 މީހުންނެވެ. މިހާތަނަށް 83،178 މީހުން ވަނީ ކޮވިޑުން ރަގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 18 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 4،026 މީހަކު ޓެސްޓުކޮށްފަ އެވެ. މިބަލީގައި މިހާތަނަށް 231 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.