ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރުމަށް ފުލުހުންގެ ބޯޑުން ނިންމި މައްސަލައާއި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން އާ ކުރައްވާ ސުވާލު މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ޝިޔާމް ކުރައްވާ ސުވާލުގައި ވަނީ ފުލުހުންގެ ހިދުމަތުގެ އައު ގާނޫނުގެ ދަށުން ފުލުހުންގެ މަތީ ރޭންކުތަކުގައި ތިއްބެވި އޮފިސަރުންގެ ތެރެއިން ހަތް އޮފިސަރަކު މަގާމުން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމާފައިވާ ނިންމުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން އިންސާފުވެރިކަމާ އެކު ނިންމަވާފައިވާ ނިންމެވުމެއްކަން ސާފުކޮށް ދެއްވުމަށާއި އަދި މި ހަތް އޮފިސަރުންގެ މައްސަލަ ބަލައި ވަކިކުރުމަށް ނިންމި ނިންމުމުގައި ކިހާ ވަރެއްގެ ސިޔާސީ ނުފޫޒެއް ފޯރާފައިވޭތޯ އެވެ.
ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ.އޮފިސަރުންތަކުގެ މައްސަލަ ބަލައި ހަތް އޮފިސަރަކާ މެދު ފިޔަވަޅު އަޅަން ލަފާދީ ފޮނުވާފައިވަނީ މިދިޔަ އޮގަސްޓް 9ގައެވެ. އެގޮތުން ލަފާދިންތާ ދެމަސްވާން ކައިރިވެފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ކަމަށް ހަމަޖެއްސެވި މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) ވަޒީފާއިން ވަކިކުރަން މިހާރު ވަނީ ނޯޓިސް ފޮނުއްވާފައިވާ ކަމަށްވެ އެވެ.
ޔަގީންކޮމްމެވެސް ފަންޑިތައެތް މާދަމާހަދާލާނެ އެމީހަކުއެޑުމެތުވާންތައްޔާރުވޭ