އިތުރު 65 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 85،107 އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިރުއޮއްސި 6:00 އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައި ވަނީ 65 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ގްރޭޓާ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 19 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 42 މީހަކު އިތުރުން ރިސޯޓްތަކުން ހަތަރު މީހުންނެވެ.
މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 85،107 މީހުންނަށް އަރާފަ އެވެ.
މިއަދު 3،583 ސާޕަލް ކޮވިޑަށް ވަނީ ޓެސްޓް ކޮށްފަ އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،477 މީހުންނެވެ. މިހާތަނަށް 83،385 މީހުން ވަނީ ކޮވިޑުން ރަގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 19 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
މިބަލީގައި މިހާތަނަށް 232 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.