މިދުވަސްކޮޅު ރާއްޖޭގައި އިންފްލުއެންޒާ ފެތުރެމުން ދިއުމާއި ގުޅިގެން އެފަދަ އަލާމާތެއް ފެންނަ ނަމަ ކޮވިޑަށް ޓެސްޓުކުރުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު އެޗްއީއޯސީ)އިން ބުނެފި އެވެ.
އެޗްއީއޯސީން ބޭއްވި ނޫސްކޮންފަރެންސެއްގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ އަރިދަފުސް ރޯގާގެ އަލާމާތެއް ވާނަމަ ކޮވިޑަށް ޓެސްޓުކުރުން މުހިންމުކަމަށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ޑރ.އަފްޒަލް ވަނީ ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ފްލޫ ކްލިނިކަށް ދެއްކުމަށް އިރުޝާދު ދެއްވާފަ އެވެ.
އެޗްއީސޯސީން ބުނީ އިންފުލުއެންޒާ ފެތުރިފައިވާ މިންވަރު އެންމެ ގިނަ ވެފައިވަނީ މާލޭގައި ކަމަށެވެ.
ފްރާންސް ގަދަ 16އަށް، ދެ ލަނޑާއެކު އެމްބާޕޭއަށް އިތުރު ރެކޯޑެއް
ޖޭސްމިންގެ އުފަން ދުވަސް ފާހަގަ ކުރަން ޖެހުނީ ހޮސްޕިޓަލުގައި!
އެމިރޭޓްސްއިން ރާއްޖެއާއި ކޮލަމްބޯ ދަތުރުތައް އަލުން ފަށައިފި
