ޑޮކްޓަރީ ބޭސް އަގު ބޮޑުކޮށް ވިއްކުން ހުއްޓުވުމަށްޓަކައި، ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަން ސަރުކާރުން ނިންމައިފި އެވެ.

ރައްޔިތުން މަޖިލީހުގައި އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވަނީ ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ" އަކީ އެއްވެސް ހައްދެއް ނެތި ހުޅުވާލައިފައި އޮންނަ ނިޒާމެއްކަން ފާހަގަކުރައްވާފަ އެވެ.

އެކަމުގެ ސަބަބުން އިސްރާފަށް މަގުފަހިވާ ބައެއް އާދަތައް ހިމެނޭކަމަށާއި، އެކަން ހުއްޓުވުމަށްޓަކައި އަންނަ އަހަރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި އެފަދައިން އެކަން ކުރަނީ ދައުލަތުގެ ބަޖެޓުންނާއި، އެކި ކަންކަމަށް ހޭދަވާ ހަރަދު ކުޑަ ކުރެވޭ ގޮތަކަށް ކުޑަކުރުމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖެއަށް އެތެރެކުރެވޭ ޑޮކްޓަރީ ބޭސް އެތެރެކުރުމުގައި ގެންގުޅޭ އުސޫލުތައް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތަށް އުސޫލުތައް ބައްޓަން ކުރަންޖެހޭ ކަމަށެވެ. މިގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އާސަންދައިގެ ހިދުމަތަށް ދިނުމަށް ހަމަޖެހިފައިވަނީ 731 މިލިއަން ރުފިޔާ އެވެ.