ޢާބާދީ އެއްފަސްކުރުމުގެ ސިޔާސަަތަކީ މިސަރުކާރުގެ ސިޔާދަތެއް ނޫން ކަމަށާއި އެފަދަ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅުއްވާ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން އިންފްރަސްޓްރަކްޗާ އެންޑް ހައުސިން މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ މ،ިއަދު ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އަސްލަމ،ް ވިދާޅުވީ ރަށްރަށުން އެއްބަޔަކު ނަގާފައި އަނެއް ރަށަކަށް ލާފައި މީހުންތައް އެއްކުރުން، އެއީ ހަމަގައިމުވެސް އޭނާ ގަބޫލުކުރާ އުސޫލެއް ނޫންކަމަށެވެ. އަދި އެމީހަކު ވިހައި ބޮޑުވި ތަނަކުން މީހަކު ނަގައިގެން ގޮސް އެހެން ތަނަކަށް ލުމަކީ ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ ކުދި ތަކުގައި ދިރިއުޅޭ ރަށްޔިތުންނަށްވެސް ބޭނުންވާ އަސާސީ ހިދުމަތްތަކައި ވަސީލަތްތަކާއި، އާމްދަނީ ހޯދޭނެ ގޮތް ފަހި ކުރުންކަމަށެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމަކީ ސަރުކާރުގެ ވައުދެއްކަމަށެވެ. އަސްލަމް ވިދާޅުވީ މީގެ ތެރެއިން މިހާރު މަސައްކަތް ހަވާލު ނުވެ ވަނީ މަދު ރަށެއްގައި ކަމަށެވެ. ކުދި ރަށްތަކުން މީހުން އެހެން ރަށްތަކަށް ގެންދިއުމުގެ ވިސްނުމަކީ ތަންކޮޅެއް ކުރިން ގެންގުޅުނު ވިސްނުމެއް ކަމަށާއި އެ ހުރިހާ މަސައްކަތެއް ކުރުމަށްފަހު މީހުން ރަށްރަށުން ބޭލުމަކީ ކުރެވޭނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އަސްލަންޓޭ ގަބޫލުކުރާ އުސޫލެއް ނޫން ބަލަން ޖެހޭނީ. ރައްޔިތުން ބޭނުންވާ ގޮތް ބަލަން ޖެހޭނީ. އެގޮތުން ބަލާއިރު މާލެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ ގޯތި ދޭން ޖެހޭނެއޭ. އެގޮތުން ބަލާއިރު ގުޅިފަޅުގައި އަދި ބަނދަރެއް ހަދަން ނުޖެހޭ. ބަދަލުގައި ގުޅިފަޅުން ގޯތި ދޭންވީއޭ. ބަނދަރު ހަދަންވީ ތިލަފުށީގައޭ. މަމެން މުޒާހަރާ ލާރޖްކޮށް ޖައްސާ ގުޅިފަޅު ބަނދަރު ޕްރޮޖެކްޓް ހުއްޓުވާނަމޭ. އަސްލަންޓޭ އަކަށް ނޫނޭ އިނގޭނީ ހަނދަން ޖެހޭނެ ގޮތެއް. އިންޑިއާ އައުޓް އައު