މިއީ ދިވެހިންގެ ތެރޭގައި ހަމަ ވަރަށް އާއްމު އެއްޗެކެވެ. ފަސޭހައިން ލިބެން ހުންނަ ހަށިގަނޑަށް އެހާމެ ފައިދާވެސް ކުރާ އެއްޗެކެވެ. ކުރީއްސުރެ ދިވެހިންގެ ކެއުމުގެ ތެރޭގައި ހިމަނަމުން އަންނަ ބޯށީން ލިބޭ ހަގީގީ ފައިދާ ގިނަ ބަޔަކަށް ނޭނގި ހުރެދާނެ އެވެ. އެހެން ނަމަވެސް މިއީ އޭގައި ގިނަ އަދަދެއްގެ ސިއްހީ ފައިދާ ހިމެނޭ އެއްޗެކެވެ.

ފައިދާހުރި މައުދަންތައް ލިއްބައިދޭ

ބޯށީގައި ގިނަ އަދަދަކަށް ވިޓަމިން އޭ، ސީ އަދި އީ ހިމެނެވެ. އަދި މީގެ އިތުރުން ޕޮޓޭސިއަމް އަދި ފައިބާވެސް ގިނަ އަދަދަކަށް ބޯށީގައި ހިމެނެ އެވެ. އެހެންކަމުން މިއީ އާއްމުކޮށް ކެއުމުގައި ހިމެނުމަށް ރަގަނޅު ބާވަތެކެވެ.

ހިމަގްލޮބިން ލެވެލް މަތިކޮށްދޭ

ބޯށިން ހަމައެކަނި ލިބެނީ ވިޓަމިނެއް ނޫނެވެ. މިއީ ހަށިގަނޑުގައި ހިމެނޭ ހިމަގްލޮބިން ލެވެލަ އިތުރުކޮށްދީ ލޭގައި ހަކުރު ހިމެނޭ މިންވަރުވެސް ދަށްކޮށްދޭ ކާނާ އެކެވެ. އެހެންކަމުން ހަކުރު ބަލި ހުންނަ މީހުން ކެއުމަށް ބޯށްޓަކީ ރަނގަޅު އެއްޗަކަށް ވާނެ އެވެ.

މައްސަރު ކަންތަކުގެ އުނދަގޫ ކުޑަ ކޮށްދޭ

އަންހެން ކުދިންގެ މައްސަރު ދުވަސްވަރަކީ ގިނަ އުދަނގުތަކާއި ކުރިމަތިވާ ދުވަސްވަރެކެވެ. ބަނޑުގައި ރިއްސުންފަދަ ކަންކަން އާންމުކޮށް ދިމާވާ ދުވަސްވަރެކެވެ. މި ދުވަސްވަރު ބޯށްޓަކީ އެކަމަށް އެހީވެދޭނެ އެއްޗެކެވެ. ހާއްސަކޮށް ބަނޑުގައި ރިހުން ކުޑަ ކޮށްދީ ލޭ އަންނަ މިންވަރު މަދުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ގާތުން ދޭ މައިންނަށް ވެސް ބޯއްޓަކީ ވަރަށް ރަނގަޅު އެއްޗެކެވެ.