ގިނަ ބަޔަކަށް ނޭނގި ހުރެދާނެ އެވެ. އެެހެންނަމަވެސް ފޭރެކޭ އެއްފަދައިން ފޭރު ފަތަކީވެސް ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. އަދި ގިނަ ބަލިތަކުގެ ބޭހެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ. އެގޮތުން ކޮލެސްޓްރޯލް، ބޭރަށް ހިންގުން އަދި ހަކުރު ބަލި ހުންނަ މީހުންނަށް ފޭރުފަތަކީ ރަނގަޅު ބޭހެކެވެ.
ބޭރަށް ހންގުމުގެ މައްސަލަތައް ހުންނަ މީހުން ފޭރުފަތުގެ ސައި ބޭނުން ކުރާށެވެ. ހަށިގަނޑު ތެރޭގައި ހުންނަ ޖަރާސީމުތައް ނައްތާލުމަށް ވެސް ފޭރުފަތް އެހީވެދެ އެވެ. ގިނަ ބަޔަކު މިހާރުވެސް ބޭރަށް ހިންގުމުގެ މައްސަލަ ހުންނަނަމަ ކެއުމުގައި ޅަ ފޭރު ހިމަނަ އެވެ.
ދިރާސާ ތަކުން ދައްކާގޮތުގައި ކްލެސްޓްރޯލް ލެވެލް މަތިކޮށް ހުންނަ މީހުންނަށް ފޭރުފަތުގެ ސައި ބޭނުންކޮށްގެން ޑޮކްޓަރީ ބޭހުގެ ބޭނުން ކުރުން އެއްކޮށް ހުއްޓާލެވިދާނެ އެވެ. އަދި ކޮލެސްޓްރޯލް ލެވެލް އެއްކޮށް ހަމައަަކަށް އަޅުވާލެވިދާނެ އެވެ. އެގޮތުން 8 ހަފްތާ ވަންދެން ގަވާއިދުން ދުވާލަކު ދެ ފަހަރު ފޭރުފަތުގެ ސައި ބޭނުން ކުރާށެވެ.
ޑައިބެޓީސް ނުވަތަ ހަކުރު ބައްޔަކީވެސް ގިނަ ބަޔަކަށް ދިމާވެފައިވާ މައްސަލައެވެ. އެހެންނަމަވެސް ހަކުރު ބަލި އިތުރަށް ގޯސްވިޔަނުދީ އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް ފޭރުފަތަކީ ބޭހެކެވެ. އެގޮތުން ކެއުމަށްފަހު ފޭރުފަތުގެ ސައި ބުއިމުން ހަށިގަނޑުގައި ހަކުރު ހިމެނޭ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދެ އެވެ. އެގޮތުން 12 ހަފްތާވަންދެން ގަވާއިދުން މި ސައި ބޭނުން ކޮށްފިނަމަ މި ބައްޔަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.