ހދ. ކުޅުދުއްްފުށީގައި ހުރި ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ބުނީ ކުޅުދުއްފުށީ ގަރާޖެއްގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ރޭ ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔާ ފައިޓަރުންގެ މަސައްކަތުން ރޭ 3:45 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީގެ މަގާންމަގުގައި ހުންނަ މެސްކޮޓް ގަރާޖުގަ އެވެ.

އެއްގަޑިއިރުތެރޭގައި މި އަލިފާންގަނޑު ނިއްވާލާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. މީސްމީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ވަރަށް ބޮޑަށް ގަރާޖުގައި ރޯވެފައިވާ މަންޒަރު ފެނެ އެވެ.