ކޮވިޑް-19 އަށް ފަރުވާހޯދަމުން ގެންދަނިކޮށް އިތުރު މީހަކު ނިޔާވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް ނިޔާވީ އދ. ދަނގެތީ، އުމުރުން 50 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް އޭނާ ނިޔާވީ ރޭގެ ވަގުތެއްގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 272 އަށް އަރާފަ އެވެ.
ރާއްޖެއިން މިހާތަނަށް 122،777 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 105،827 މީހަކު ބަލިން ރަނގަޅު ވެފައިވެ އެވެ.
ކޮވިޑް ބަލީގައި ހޮސްޕިޓަލުގައި ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން 57 މީހަކަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް ސްޕެއިން ގަދަ 16 އަށް
ރާއްޖެއަށް އެކްސްޕޯޓުކުރާ ތެލުން ނަގާ ޓެކުހެއް މައާފުކޮށްފި