ސިނަ މާލެ ބްރިޖް ކައިރީގައި ކޮވިޑް ސާމްޕަލް ނަގާ ސެންޓަރެއް ގާއިމުކޮށްފި އެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސިނަ މާލެ ބްރިޖް ކައިރީގައި ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމްކުރިކަން ފާހަގަކޮށް އެޗްޕީއޭން ބުނީ އެ ސެންޓަރުން މިއަދު ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އެޗްޕީއޭން ބުނީ ސާމްޕަލް ނަގާ ސެންޓަރުން ހިދުމަތްދޭން ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގަ އެވެ. އަދި ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ހެނދުނު 9 އިން މެންދުރު 12 އަށް އަދި މެންދުރުފަހު 3 އިން އިރު އޮއްސި 6 އެ ސެންޓަރުން ސާމްޕަލް ނަގައިދޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ.

އެޗްޕީއޭއިން ވަނީ އިއްޔެ ހިޔާ ފްލެޓް ސަރަހައްދުގައި ވެސް ކޮވިޑަަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގާ ސެންޓަރެއް ހުޅުވާފަ އެވެ.

ފްލެޓް ސަރަހައްދުގައި އެޗް 8 ޓަވަރު ކައިރީ ހުންނަ މި ސެންޓަރުން މެންދުރުފަހު 3:30 އިން ހަވީރު 6:30 އަށް ސާމްޕަލް ނަގައިދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

މިވަގުތު މާލެ ސަރަހައްދުގައި ސާމްޕަލް ނަގައިދޭ ތަންތަނަކީ ވިލިމާލެ ފްލޫ ކްލިނިކް، ސޯޝަލް ސެންޓަރު، އަދި ހުޅުމާލެ ރުއްގަނޑު އެކެކެވެ. މާލެ ސަރަަހައްދުން ސާމްޕަލް ނަގައިދޭ އިތުރު ތަންތަނަކީ، ސޯޝަލް ސެންޓަރު، ވިލިމާލެ ފްލޫ ކްލިނިކް އަދި ހުޅުމާލެ ރުއްގަނޑު އެކަކުންނެވެ.