ރާއްޖެއިން އިތުރު 2,800 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ, މާލެ ސަރަހައްދުގެ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 37 ޕަސެންޓަށް އަރައިފި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 2،813 މީހުންނެވެ. އެއީ މިއަދު ޓެސްޓްކުރި 7،343 ސާޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދެވެ. މީގެ ތެރޭގައި މާލެއިން 1،273 މީހުން ޕޮޒިޓިވްވި އެވެ.

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 974 މީހުން ޕޮޒިޓިވްވި އެވެ. ރިސޯޓްތަކުން މިއަދު 114 މީހުން، ޕޮޒިޓިވްވި އެވެ.

މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު ވަނީ 125،590 އަށް އަރާފަ އެވެ.

މިވަގުތު 16،673 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 57 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިހާތަނަށް 108،632 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މި ބަލީގައި 272 މީހަކު ވަނީ ނިޔާވެފަ އެވެ.