ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކުޑަކުދިންގެ ހަށިގަނޑުން މަލްޓި އިންފްލެމެޓަރީ ސިންޑްރޯމް އިން ޗިލްރެން (މިސްކް) ފެންނަމުންދާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި މީޑިއާތަކަށް މައުލޫމާތުދެމުން ފައިސަލް ވަނީ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައިވާ ކުދިންތަކުގެ ތެރެއިން އެއް ކުއްޖެއްގެ ހަށިގަނޑުން މިސްކުގެ އަލާމާތްތައް ފެނިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މި އަލާމާތްތައް ފެންނާނީ ކޮވިޑް ޖެހޭތާ ދެ ހަފްތާހާއެއްހާ ދުވަސް ފަހުން ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި މިސްކު ޖެހުން ކޮންޓްރޯން ކުރަން ބޭނުންވާނަމަ ކޮވިޑް ފެތުރުން ކޮންޓްރޯން ކުރުން މުހިންމު ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް ޖެހޭ ކުޑަކުދިންގެ ހަށިގަނޑުން މިސްކު ފެންނައިރު، މި ބަލިޖެހުމުން ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވާންފަށަ އެވެ. މިސްކު އެންމެ ފުރަތަމަ ފެނިފައި ވަނީ 2020 ވަނަ އަހަރު ބައެއް ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވެ، އެކުދިންގެ ހަށިގަނޑުންނެވެ.

ރާއްޖޭގައި ކޮވިޑްގެ އައު ވޭރިއަންޓް ހަލުވިކަމާއިއެކު ފެތުރެމުންދާއިރު، މިހާތަނަށް 15 ކުޑަކުދިން އެނދުމަތިކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް ފައިސަލް ވިދާޅުވެ އެވެ.