މަރު ކޮމިޝަނަށް ރިސާޗް އޮފިސަރަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން، މަރާލާފައިވާ މީހުންނާއި، ގެއްލުވާފައިވާ މީހުންގެ މައްސަލަތައް ބަލައި ތަހުގީގުކުރާ މި ކޮމިޝަނަށް ހޯދަމުންދަނީ ސީނިއާ ރިސާޗް އޮފިސަރެކެވެ.

މި މަގާމުގެ އަސާސީ މުސާރައަކީ 6،295 ރުފިޔާ އެވެ. އަދި ސާވިސް އެލެވެންސްގެ ގޮތުގައި 2،000 ރުފިޔާއާ ހާއްސަ އެލަވަންސްގެ ގޮތުގައި 2،832 ރުފިޔާގެ އިތުރުން ލިވިން އެލަވަންސްވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ މިމަގާމަށް ކުރިމަތިލާ ފަރާތްތަކުން، ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވާން ޖެހޭނެ ކަމަށެވެ. އަދި އެފަދަ މަގާމަކާއި ގުޅޭ ދާއިރާއަކުން ހައަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަ ދެއްކުމާއި، އެކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ފަރާތަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު މެންދުރުފަހު 2 ގެ ނިޔަލަށެވެ.