ހދ. ހިރިމަރަދޫ ގޮނޑުދޮށުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހިރިމަރަދޫ ގޮނޑުދޮށުގައި މީހަކު މަރުވެފައި އޮއްވައި ފެނުނު ކަމުގެ މައުލޫމާތު ފުލުހުންނާއި ހިއްސާކޮށްފައި ވަނީ އިއްޔެގެ މެންދުރު 1:30 ހާއިރު ކަމަށެވެ.

އޭނާ ފެނިފައި ވަނީ އަތިރިމަތިން ރާޅުޖަހާ ހިސާބު މޫދުގައި އޮއްވައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 71 އަހަރުގެ އަންހެނެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ، އަތިރިމަތިން ފެނުނު އަންހެންމީހާގެ ހަށިގަނޑު ބެލިބެލުމުގައި އެއްވެސް ޒަހަމެއް ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.