ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އެކަކު ކޮވިޑް-19ގައި ނިޔާވެއްޖެ އެވެ.

ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 106 އަހަރުގެ އަލީ ސުލައިމާން (ކޮއްކޯ ބެއަގެ އަލިބެ) ނިޔާވީ މިއަދު 7:15 ހާއިރު އެވެ.

އޭނާ ނިޔާވުމާ ގުޅިގެން އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓުކުރި އިރު ކޮވިޑަށް ޕޮޒިޓިވް ކަމަށް ވެސް ވަނީ އެނގިފަ އެވެ. ނަމަވެސް އަދި މިއީ ކޮވިޑު މަރެއްގެ ގޮތުގައި އެޗްޕީއޭއަކުން ނުނިންމަ އެވެ.

މިއީ ރާއްޖޭން ކޮވިޑް ބަލީގައި ރާއްޖޭން ނިޔާވި އުމުރުން އެންމެ ދުވަސްވީ މީހާ އެވެ.

ކޮވިޑުގައި ރާއްޖޭން މިހާތަނަށް 274 މީހުން މަރުވެފައި ވާއިރު، މިމަހު އެކަނި ވެސް 12 މީހުން މަރުވެފައިވެ އެވެ.