ރާއްޖެއިން އިތުރު 2،838 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 2،838 މީހުންނެވެ. އެއީ މިއަދު ޓެސްޓްކުރި 7،394 ސާޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދެވެ. މީގެ ތެރޭގައި މާލެއިން 1،295 މީހުން ޕޮޒިޓިވްވި އެވެ.

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 1066 މީހުން ޕޮޒިޓިވްވި އެވެ. ރިސޯޓްތަކުން މިއަދު 49 މީހުން، ޕޮޒިޓިވްވި އެވެ. ސަފާރީ އިން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު ވަނީ 136،126 އަށް އަރާފަ އެވެ.

މިވަގުތު 17،589 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 53 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިހާތަނަށް 118،249 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މާލެ ސަރަހައްދުގެ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 36 ޕަސެންޓްގައި އެވެ. މި ބަލީގައި 275 މީހަކު ވަނީ ނިޔާވެފަ އެވެ.