މިއަދު ޓެސްޓްކުރި 5،469 ސާޕަލްގެ ތެރެއިން 1،955 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މުޅި ރާއްޖެއިން 5،469 ސާޕަލް ޓެސްޓް ކޮށްފައިވާއިރު މާލެ ސަރަހައްދުން ޓެސްޓް ކޮށްފައިވަނީ 2،244 ސާޕަލް އެވެ.

މީގެ ތެރެއިން މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 599 މީހުންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 875 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 78 މީހުންނެވެ.

މިއަދު އަލަށް 1،955 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ 146،991 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިވަގުތު 17،735 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 56 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެންނެވެ. އަދި 128،963 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި 280 މީހަކު ވަނީ ނިޔާވެފަ އެވެ.