މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލާ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުންގެ ތަހުގީގަށް ހޯދުމަށް އިއުލާންކޮށްފައި ވަނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ހުށަހެޅި މައްސަލައަކާއި ގުޅިގެން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާ އުޅޭ ވަކި ތަނެއް އާއިލާއަށް ވެސް އެނގިފައި ނުވާތީ އާއި، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުމުގެ އުސޫލުގެ މަތިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހޯދުމަށް އިއުލާނުކޮށްފައި ވަނީ ކ. މާލެ، ދަފްތަރު ނަމްބަރު ދރ. 1182، އިބްރާހީމް މާނިއު ރަމީޒު 21، އެވެ.

ފުލުހުންގެ އިއުލާނުގައި ވަނީ މި މައްސަލައާ ގުޅިގެން ތަހުގީގު ކުރަމުން ގެންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް އޭނާ މިމަހުގެ 15 ވަނަ ދުވަހު ހާޒިރުވުމަށެވެ. އަދި އެ ދުވަހުގެ 12:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވުމަށް ވެސް ފުލުހުންގެ އިއުލާނުގައި ބުނެފައިވެ އެވެ.