ކޮވިޑް-19 އަށް ފަރުވާހޯދަމުން ދަނިކޮށް އިތުރު މީހަކު ނިއާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް ނިއާވީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް އޭނާ ނިޔާވީ މިއަދު ހެނދުނު 11:42 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 287 އަށް އަރާފަ އެވެ. މިބަލީގައި އެންމެ ފަހުން ރާއްޖެއިން ނިޔާވެފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

ރާއްޖެއިން މިހާތަނަށް 154،511 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 138،117 މީހަކު ބަލިން ރަނގަޅު ވެފައިވެ އެވެ. އަދި 60 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.