އިތުރު 1،015 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 182 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 728 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 44 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ 5،042 ސާޕަލެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 160،076 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 15،818 ގައި މިހާރު ހުރިއިރު 143،956 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 29 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 289 މީހަކު ވަނީ މަރުވެފަ އެވެ.

މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް އުޅެނީ 11 ޕަސެންޓްގައި އެވެ. ފާއިތުވި ދިޔަ މަހުގެ ތެރޭގައި ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ހުރީ 30 ޕަސެންޓުން މަތީގައި އެވެ.