މިއަދު ކޮވިޑަށް ޓެސްޓްކުރި 4،171 ސާޕަލްގެ ތެރެއިން ކޮވިޑަށް 796 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މުޅި ރާއްޖެއިން 4،171 ސާޕަލް ޓެސްޓް ކޮށްފައިވާއިރު މާލެ ސަރަހައްދުން ޓެސްޓް ކޮށްފައި ވަނީ 1،115 ސާޕަލް އެވެ.

މިއަދު އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 796 މީހުންނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 73 މީހުންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 669 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 22 މީހުންނެވެ. އަދި ސަފާރީއިން އެކަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް 166،525 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިވަގުތު 15،211 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 25 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. އަދި 151،096 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، މި ބަލީގައި 292 މީހަކު ވަނީ ނިޔާވެފަ އެވެ.