ހުސްވެފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އެމެމްބަރުންގެ ޕާފޯމަންސް އޮޑިޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން މެމްބަރުން ވަކި ކުރުމަށް ނިންމުމާ ގުޅިގެންނެވެ.
އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާ ގުޅިގެން އެކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ވަނީ ބަޔާނެއް ވެސް ނެރުއްވާފަ އެވެ. އެ ބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލީ މީހުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ކުރިއެކޭ ވެސް އެއްގޮތަށް އެ ނަންތައް އިއުލާން ކުރާނީ މަޖިލީހުން ކަމަށެވެ.
ރައީސް އޮފީހުން މީގެ ކުރިން ބުނިގޮތުގައި އޭސީސީގެ މެންބަރުކަމުގެ ފަސް މަގާމަށް 34 މީހަކު ކުރިމަތިލާފައިވެ އެވެ.
ނަޝީދަށް މަރުގެ އިންޒާރުދިން މީހަކު 10 އަހަރަށް ޖަލަށް
އެންމެ ބޮޑު ހަތަރު އެއާލައިން އާ ޓާމިނަލަށް ބަދަލު ނުވެ ލަސްވަނީ
ދީޕިކާގެ ސްކިން ކެއާ ބްރޭންޑަށް މާލީ ބޮޑު ގެއްލުމެއް!