ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ގެންދާ ޒުވާނާ 8 ދުވަސް ފަހުން، ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 19 ވީ ހޮނިހިރު ދުވަހު ގެއްލިގެން ފުލުހުން ހޯދަމުން ގެންދިޔައީ ޅ. ނައިފަރު، އަހުމަދު ވިޔާމް 23، އެވެ.

ވިޔާމް ގެއްލިގެން ހޯދަމުން ގެންދިޔައީ މާލެއިންނެވެ. އަދި ފުލުހުން ވަނީ އޭނާ ހޯދުމަށް މީގެ ކުރިން އޭނާގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ. ވިޔާމްގެ ފޮޓޯ އާންމުކޮށްގެން ހޯދީ ފުލުހުން، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އޭނާ ހޯދަން ކުރި މަސައްކަތަށް ކުރިއެރުމެއް ނުލިބުމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ޒުވާނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ފުލުހުންނަށް ހިއްސާކުރުމަށް އެދި އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އެގޮތުން ފުލުހުންގެ ހޮޓްލައިނަށާއި، ނައިފަރު ޕޮލިސްގެ ނަމްބަރަށް ގުޅައިގެން ވެސް އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދިފައިވެ އެވެ.

ރޭގެ ވަގުތެއްގައި އެ ޒުވާނާ ފެނިފައިވާއިރު، ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދިޔަ ވިޔާމް ފެނުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ ފެނުނު އިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އޭނާ ގެއްލުނު ވަގުތު ހުރީ ކޮންތާކު ކަމެއް ފުލުހުން ނުބުނެ އެވެ.

ވިޔާމް ފެނިފައި ވަނީ އޭނާ ގެއްލިގެން ހޯދަމުން ގެއްދިޔަތާ ފަސް ދުވަސް ފަހުންނެވެ.