މިފްކޯ އިން ވިއްކާ މަސްދަޅުގެ އަގު މާދަމައިން ފެށިގެން ބޮޑިވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިފްކޯއިން ބުނީ މަސްދަޅު އަގު ބޮޑުވަނީ މާދަމާއިން ފެށިގެން ރޯ މަސް ގަންނަ އަގަށް ސަރުކާރުން ބަދަލު ގެނައުމާ ގުޅިގެންނެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މަޖިލީހުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މަސް ގަންނަ އަގު ބޮޑު ކުރައްވާނެ ކަމަށެވެ.
ސަރުކާރުގެ އެ ނިންމުމާއެކު މިފްކޯއިން ވަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު މާދަމާއިން ފެށިގެން ބޮޑު ކުރުމަށް ނިންމާފަ އެވެ.
މިފްކޯއިން އަންދާޒާ ކުރާ ގޮތުން މަސް ގަންނަ އަގަށް އަންނަ ބަދަލާއެކު ކޭހަކުން 60 ރުފިޔާ އަގު ބޮޑުވާނެ އެވެ.
މިފްކޯއިން މަސް ދަޅު އަގު ބޮޑުކުރުމަށް ނިންމުމާއި ގުޅިގެން މިރޭ ވަނީ މިފްކޯ މަސްފިހާރަ ކައިރީގައި ކިއު ހަދައިގެން ގިނަ ބަޔަކު މަސް ދަޅު ކޭސް ގަނެފަ އެވެ.
ކުރިއަށް އޮތީ ރޯދަ މަހަށްވެފައި މަސްދަޅުގެ އަގު ބޮޑުކުރަން ނިންމުމުން ވަރަށް ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ޝާހްރުކް ޚާންގެ ހުއްޓުމެއް ނެތް ޝުކުރު ސަޕޯޓަރުންނަށް!
އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާތަކެއް ދީފި
އަކްޝޭގެ "ވެލްކަމް ޓު ދަ ޖަންގަލް" އާއްމުންނަށް ކަމުގޮސްފި