މާދަމާ ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އެދުވަސް ފާހަގަކުރަން ބައެއް ކަންކަންކުރުން ޖެންޑަރ މިނިސްޓްރީން މަނާކޮށްފި އެވެ.
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ސޮއިކުރައްވައި މިދިޔަ މަހުގެ 27 ގައި ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވި ސިޓީއެއްގައި، އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބާއްވާއިރު ސަމާލުވާން މީގެ ކުރިން ކުރަމުންދިޔަ ގިނަ ކަންތައްތަކެއް ނުކުރުމަށް ވަނީ އަންގާފައެވެ.
އެގޮތުން ސާކިއުލާގައި މަރުހަބާ ކިޔަން ރަތް ދޫލަ އެޅުމާއި، މާބޮނޑި ދިނުމާއި، ފިނިފެންމާ ދިނުމާއި، ޗޮކްލެޓް ދިނުން ވަނީ މަނާ ކޮށްފަ އެވެ. އަދި ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި ދިނުންވެސް ވަނީ މަނާކޮށްފަ އެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރަން އެ ތަކެތި އަންހެނުންނަށް ހަދިޔާއަކަށް ނުދިނުމުގެ އިތުރުން ވަކި ޖިންސަކަށް ނިސްބަތްވާ ކަމަށް މުޖުތަމައުގައި ގަބޫލުކުރެވޭ ކުލަތައް (މިސާލަކަށް އަންހެނުންނަށް ހާއްސަ ކަމަށް ބައެއް މީހުން ގަބޫލުކުރާ ފިޔާތޮށި ކުލަ) ބޭނުން ނުކުރުމަށް ސަމާލުކަން ދިނުމަށް ވެސް ޖެންޑާ މިނިސްޓްރީން އެދެ އެވެ. ސާކިއުލާގައި ބުނެފައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރަން ވާނީ "ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" ޝިއާރުގެ މަގްސަދު ހާސިލް ކުރެވޭނެ ގޮތަކަށް ކަމަށެވެ.
ޑެންގީ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެއްޖެ: އެޗްޕީއޭ
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
ޓޮމް ކްރޫޒް މިފަހަރު ފެނުނީ ތަފާތު ގޮތަކަށް!