އަލަށް ތައާރަފުކުރި ދިވެހި ބަހުން ސްކްރީން-ރީޑީން ސޮފްޓްވެއާއަކީ މިފަދަ ސޮފްޓްވެއާއެއް ރަސްމީ ގޮތެއްގައި ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރު. މި ސޮފްޓްވެއާ ތައްޔާރުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑާ ގުޅިގެން. މި މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގިނަ ޕްލެޓް ފޯމްތަކަކަށް ސަޕޯޓް ކުރާނެ ފަދަ ސޮފްޓްވެއާއެއް ފަރުމާކުރުމަށް.

ދިވެހި ސްކްރީން ރީޑިން ސޮފްޓްވެއާ "ޝާމިލުއަޑު" ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި ސޮފްޓްވެއާ އިފްތިތާޙްކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސޮފްޓްވެއާ އާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެކިއެކި ކަންކަން ހާސިލުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި ޚާއްސަކޮށް ސްކޫލް ތެރެއާއި ސްކޫލުން ބޭރުގައި ހިންގާ ހަރާކާތްތަކުގައި ވެސް އެ ކުދިން ޝާމިލުކުރެވޭ ވެށްޓެއް ގާއިމުކުރުމަށް ކުރާ މަސައްކަތް ފާހަގަކުރެއްވި އެވެ.

އަލަށް ތައާރަފުކުރި ދިވެހި ބަހުން ސްކްރީން- ރީޑީން ސޮފްޓްވެއާއަކީ މިފަދަ ސޮފްޓްވެއާއެއް ރަސްމީ ގޮތެއްގައި ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.

މި ސޮފްޓްވެއާ ތައްޔާރުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑާ ގުޅިގެންނެވެ. މި މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގިނަ ޕްލެޓް ފޯމްތަކަކަށް ސަޕޯޓް ކުރާނެ ފަދަ ސޮފްޓްވެއާއެއް ފަރުމާކުރުމަށެވެ.

ދިވެހި ސްކްރީން ރީޑިން ސޮފްޓްވެއާ ޝާމިލުއަޑު، ޑެސްކްޓޮޕް، އެންޑްރޮއިޑް އަދި އައި އޯ އެސްގައި ބޭނުންކުރެވޭނެހެން ވަނީ ތަރައްގީކޮށްފަ އެވެ.

މިސޮފްޓެވައާއަކީ އޮންލައިންކޮށް އަދި އިންޓަނެޓް ކަނެކްޝަން ނެތި ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސޮޕްޓްވެއާ އެކެވެ. ޝާމިލުއަޑުގެ ޔޫޒާ އެކްސެޕްޓެންސް ޓެސްޓްގެ މަރުހަލާ ކުރިއަށް ގެންދިޔައީ އަމީނިއްޔާ ސްކޫލާއި ބްލައިންޑް އެންޑް ވިޜުއަލް އިމްޕަޔާޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެންނެވެ.