ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ފާތުމަތު ހިލްމީ އާއި އެތަނުގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ އިސް ދެ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑުކޮށްފި އެވެ.
ޕާމަނަންޓް ސެކްރެޓަރީއާ އެކު ދެ މުވައްޒަފުން ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކަކާއި ގުޅިގެންކަން ވަނީ އެނގިފަ އެވެ. އެހެންނަމަވެސް ސީދާ ކޮން މައްސަލައެއް ކަމެއް ނުވަތަ އެކަމާ ބެހޭ އިތުރު ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން ބަލަނީ ގާނޫނައި ގަވައިދުތަކާއި އަދި ހަމަޖެހިފައިވާ އުސޫލުތަކާ ހިލާފަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބައެއް މީހުންނަށް ވަޒީފާ ދީފައިވާ މައްސަލަތަކެކެވެ.
ޕާމަނަންޓް ސެކްރެޓަރީންނަކީ އެ މިނިސްޓްރީއެއްގައި ތިބޭ ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ އިސް ފަރާތެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ނަޝްވާ ވަކިކޮށްފި
އަނބިމީހާ މަރާލުމުގެ ތުހުމަތުވާ މާވިން އިސްލާމްވެއްޖެ
ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ފުރޮޅާލައިފި