ތިން ވަޒީރެއްގެ ކާރުގައި "އިންޑިއާ އައުޓް" ޖަހައި ކުރެހި މީހާ ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހާއަށް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން، ދަތުރުފުޅު ކުރައްވަން ބޭނުން ކުރައްވާ ކާރު ތަކުގައި "އިންޑިއާ އައުޓް" ޖެހިކަމުގެ ތުހުމަތު ކޮށްފަ އެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، ތިން މިނިސްޓަރެއްގެ ކާރަކަށް ގެއްލުން ދީފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 7:30 ހާއިރު ލިބުނު ކަމަށެވެ.
އެގޮތުން އެ މައްސަލައިގައި ތުހުމަތުވާ މީހާ ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ބަންދުކުރުމަށްފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަމުން ގެންދާކަމަށެވެ.
އީރާނުގެ މަންދޫބުން މަރާލުމަށް އިޒްރޭލުން މަސައްކަތްކުރި: ރިޕޯޓް
'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' އަށް ހެޔޮ ބަދަލުތަކެއް
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!
