ފަހުގެ ތާރީޚެއްގައި އެންމެ މަދުން ކޮވިޑަށް ޕޮޒިޓިވްވީ މިއަދު އެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 1،816 ސާމްޕަލްތަކުން ޕޮޒިޓިވްވީ 14 މީހުން ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި އަށް މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި ތިން މީހެއްގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި ދެ މީހަކާއި ތަރައްގީކުރަމުންދާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.

މިއަދުގެ އަދަދުތަކާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 12،947 އަށް ވަނީ އަރާފަ އެވެ. އޭގެތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 11،7481 އެވެ.

މިހާރު ކޮވިޑަށް ފަރުވާދެމުންދާ މީހުންގެ ޖުމްލަ އަދަދަކީ 1،113 އެވެ. އޭގެތެރެއިން 92 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެނެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 46 މީހަކު ވަނީ މަރުވެފަ އެވެ.