ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

މިއީ މިބަލީގައި މަރުވި 47 ވަނަ މީހާ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 7:49 ގައި މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ މިބަލީގައި މިދިޔަ ނޮވެމްބަރު މަހު ވެސް 8 މީހުން މަރުވެފައިވެ އެވެ.

ރާއްޖޭގައި މިހާތަނަށް 13،011 މީހަކަށް ކޮވިޑް ޖެހި، 11،039 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.

މި ބަލީގައި އަދިވެސް 1،019 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.