އައްޑޫ ސިިޓީ ހިތަދޫ ކަންބިހަ ބީޗް ސަރަހައްދުން ސީލްއެއް ފެނިއްޖެ އެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ސީލްގެ ދިގުމިނުގައި ގާތްގަނޑަކަށް އަށް ފޫޓު ހުންނާނެކަމަށެވެ. އެކަމާ ގުޅިގެން ފުލުހުންނާއި ސިފައިން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެ އެވެ.
ސީލް ފެނުނު ވަގުތު ގިނަ ބަޔަކު ވަނީ ސީލް ބެލުމަށް އެ ސަރަހައްދަށް އެއްވެފަ އެވެ.
ފިނި ސަރަހައްދުތަކުން ފެންނަ ސީލް އާންމުކޮށް އުޅެނީ އާކްޓިކް އަދި އެޓްލާންޓިކް ކަނޑުގެ ސަރަހައްދުތަކުގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ސީލްއެއް ފެނުނު ފުރަތަމަ ފަހަރެވެ.
އޮފީސް ވަޒީފާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވާކަން އެނގޭތަ؟
އެމެރިކާ އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ރަހުމަތްތެރިއެއް: ރައީސް
