ނިޔާވެފައިވާ މީހަކު ތަހުގީގަށް ހާޒިރުކުރަން އެންގުނީ އޮޅިގެން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއްގައި ނިޔާވެފައިވާ މީހަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރެވިފައިވަނީ އިދާރީ އޮޅުމަކުން ކަމަށެވެ. އަދި ނިޔާވެފައިވާ މީހާގެ އާއިލާއަށާއި އާންމުންގެ ކިބައިން މާފަށް އެދިފައިވެ އެވެ.
މީގެ އިތުރުން ފުލުހުން ވަނީ އެފަދަ ކަމެއް ތަކުރާރު ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެފަދަ ކަންކަމުގައި އަމަލުކުރަމުންދާ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
މިއަދު ހެނދުނު ފުލުހުން ކުރި އިއުލާނެއްގައި ވަނީ މީގެ 1 އަހަރު ކުރިން މަރުވެފައިވާ މީހަކު ތަހުގީގަށް ހާޒިރުވުމަށް އަންގާ އިއުލާންކޮށްފަ އެވެ. ނަމަވެސް ފަހުން އެ އިއުލާންވަނީ ނަގާފަ އެވެ.
ފުލުހުން ކުރި އިއުލާނުގައި ހޯދާ ކަމަށް ބުނެފައިވަނީ އދ. ދަނގެތީ ފެހިވިލާގެ، ޝައުކަތު އަލީ އެވެ. ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ ޝައުކަތަކީ ފުލުހުން ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހެއް ކަަމަށެވެ. އޭނާގެ ފޮޓޯއާ ވަނަވަރުވެސް ވަނީ ހާމަކޮށްފަ އެވެ.
ޕްރާންސްއަށް އުނދަގޫ މޮޅެއް
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!
އަޒީޒާގެ ފެހުން 70 އަހަރުގައި ވެސް ވަރަށް ނަލަ!
އެއީ ކަލޭމެންގެ ބުރާންތިކަން އޮޅިގެނެއްނޫން