ހދ. ނޮޅިވަރަނފަރުން ކެނޯއެއްގައި މަސްހިފަންދިޔަ ދެ ބިދޭސީންގެ ތެރެއިން އެކަކު ގެއްލިއްޖެއެވެ.
ފުލުހުން ބުނީ އެ ބިދޭސީ މީހާ ގެއްލިފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 02:15 ހާއިރުކަމަށެވެ.
ގެއްލިފައިވަނީ އުމުރުން 29 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ. އަދި އޭނާ ގެއްލިފައިވަނީ ނޮޅިވަރަންފަރުގެ ހުޅަނގު ފަރާތުން ގާތްގަނޑަކަށް 200 މޭލު ބޭރުންކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންނަކީ ނޮޅިވަރަނފަރު ގެސްޓު ހައުސްއެއްގައި މަސައްކަތްކުރާ ދެ ބިދޭސީން ކަމަށް ވެސް ފުލުހުން ބުންޏެވެ..
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ.
އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް، ޔޫއޭއީއަށް ތޯރިގު
30 މުވައްޒަފުންނާއެކު ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި
މަޖިލީހުގެ ދައުރު މެއި 31 އަށް ދަންމާލައިފި
