އަވަށްޓެރި އިންޑިއާ އިން ރާއްޖެއަށް ވިއްކި 100 މިލިއަން ޑޮލަރުގެ ބޮންޑަކީ ވަގުތީ ހައްލެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވި އިންޑިއާއިން ދިން 100 މިލިއަން ޑޮލަރަކީ ރާއްޖޭގެ ނެތެމުންދާ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ވަގުތީ ހައްލެއްކަމަށާއި، އެކަމަށް އިންޑިއާ ސަރުކާރަށް ޝުކުރުވެރި ވާކަމަށެވެ.
ދައުލަތުގެ މިހާރު ހުރި ދަރަނިތައް މުރާޖައާ ނުކޮށް ޓީބިލާއި ބޮންޑް ވިއްކާނަމަ އެކަމުގެ ތަކުލީފު ފަހުން ބޮޑު ވާނޭކަމަށް މީގެ ކުރިން އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި 100 މިލިއަން ޑޮލަރުގެ 'ސިމްބޮލިކް' ޗެކާ ހަވާލުވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަފުޅު ދެއްކެވިއެވެ.
އެ ރަސްމިއްޔާތުގައި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް. ޖައިޝަންކަރް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެނެވެ.

އެކްސިޑެންޓްގަ ކުއްޖަކު މަރުވުމުން ހައްޔަރުކުރި މީހާ ފޮނުވާލައިފި
ރޯދަ ސުފުރާއަށް ހެދިކާ ނޫން ގޮތެއް ނެތްތަ؟
މުސްލިމެއް ނޫން، އެކަމަކު ވެސް ރޯދަ ހިފާތާ 20 އަހަރު!
