ތިލަމާލެ ބްރިޖްގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ ކެރޭނެއް ބިންދައިގެން ގޮސް،ބައި މޫދަށް ވެއްޓިއްޖެ އެވެ.

ބްރިޖް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު ފަހު ހިނގި އެ ހާދިސާގައި ވެއްޓިފައި ވަނީ ވިލިމާލޭ ކޮޅުގައި ބްރިޖްގެ ތަނބު ޖަހަން ބޭނުންވާ ހޮޅިތައް މޫދަށް ޖެހުމުގެ މަސައްކަތުގައި ބޭނުންކުރާ ކެރޭނެއް ކަމަށެވެ. އެ ކެރޭން ވެއްޓުނީ ބޫމް ފެއިލް ވެގެން ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.

އެ ހާދިސާގައި މީހަކަށް ގެއްލުން ވެފައިނުވެ އެވެ.

ބްރިޖު މަސައްކަތުގައި ބޭނުންކުރި ކެރޭނެއް ބިންދައިންގެ ދިޔައިރު ބްރިޖު މަޝްރޫއަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން އެ ފަރަށް ވަނީ މީގެ ކުރިން ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ވިލިމާލޭގެ ފަރުމައްޗަށް ޕްލެޓްފޯމް އަރާފައިވަނީ މިދިޔަ އޮގަސްޓް 16 ވަނަ ދުވަހު އެވެ. ފަރަށް ލިބުނު ގެއްލުންތައް ބެލުމަށްފަހު ބްރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާ އަށް ވަނީ ޖޫރިމަނާކޮށްފަ އެވެ.