ސ. ހިތަދޫގައި ކޮންނަމުން ދިޔަ ވަޅެއްގައި ތާށިވި މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި މިރޭ އެ ހާދިސާ ހިނގާފައި ވަނީ، ހިތަދޫގެ މަގެއްގައި ނަރުދަމާ އަޅަން ކޮންނަމުން ދިޔަ ފުން ވަޅުގަނޑެއްގެ އެއްފަޅިން ގިރައިގެން ގޮސް، ވަޅުގަނޑު ތެރޭގައި އެ ވަގުތު ކޮންނަން ތިބި މީހުން ތާށިވެގެންނެވެ.
ހިތަދޫން ވާހަކަދެއްކި މީހަކު ބުނީ ކޮންނަން ތިބި މީހުން ވަޅު ތެރޭ ތާށިވިތާ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ތެރޭ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ހޮސްޕިޓަލާ ހަވާލާދީ އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެކެއްގެ މޭ ކަށިގަނޑުގައި ރެނދުލާފައިވާތީ އޮބްޒާވް ކުރަން އައިސީޔޫގައި ބާއްވާފައިވާ ކަމަށެވެ. އަނެއް މީހާއަށް ފަރުވާދެމުން ދަނީ ވޯޑުގަ އެވެ.
އެ ހާދިސާއާ ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ފުރޮޅާލައިފި
މުސްލިމެއް ނޫން، އެކަމަކު ވެސް ރޯދަ ހިފާތާ 20 އަހަރު!
400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
