ސ. ހުޅުދޫން ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ސ. ހުޅުދޫ. ސީނިއަސަރުމާގެ، މުޙައްމަދު ޖައިލަމް 34، ކަމަށެވެ.

އޭނާ ހޯދަމުން ދަނީ މިމަހު 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނިގޮތުގައި އޭނާގެ އާއިލާއިން ފުލުހުންނަށް އެކަން ރިޕޯޓު ކުރީ މިމަހުގެ 15 ވަނަ ދުވަހުގެ 10:54 އެހާކަންހާއިރު އެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި ޖައިލަމް ދިރިއުޅެމުން ދިޔައީ ހުޅުމާލެ ފޭސް 2 ގަ އެވެ. އަދި އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެންހުރީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

ވީމާ ޖައިލަމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިނަށް ގުޅައި އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.