ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ރޭ އެމެރިކާ އަތުން 4-1 އިން މޮޅުވެ، ބެލްޖިއަމް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ އެމެރިކާ ބަލިވުމުން، މި އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރާ ތިން ގައުމު ވެސް މުބާރާތުން ކެޓީ އެވެ. އެމެރިކާގެ އިތުރުން، ކެނެޑާ އަދި މެކްސިކޯ ވެސް މުބާރާތަށް އަލްވަދާއު ކިޔީ ގަދަ 16ގެ ބުރުންނެވެ.

ރޭގެ މެޗަށް ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ނެރުނު ފުރަތަމަ 11ގައި އެ ޓީމުގެ ދެ ތަރިން ކަމަަށްވާ ޖެރެމީ ޑޮކޫ އާއި ކެވިން ޑެބްރޮއިނާއާށް ޖާގައެއް ނުލިބުނެެވެ. އެކަމަކު ގާސިއާ ގެނައި މި ބަދަލުތައް ރަނގަޅުކަން މެޗުގެ ނަތީޖާ އިން ފެނުނެވެ.

މެޗުގެ ނުވަަ ވަަނަ މިނިޓުގައި ބެލްޖިއަމަށް ލީޑު ހޯދައިނީ ޗާލްސް ޑެ ކެޓެލާއެރޭ އެވެ. މެޗުގެ 31 ވަނަ މިނިޓުގައި އެމެރިކާގެ މާކް ޓިލްމަން ލަނޑެއް ޖަަހައި މެޗުގެ ނަތީޖާ ހަަމަހަމަކުރި ނަމަވެސް، އޭގެ ތިން މިނިޓު ފަހުން ކެޓޭލާއެރޭ ވަނީ އިތުރު ލަނޑެއް ޖަހައި ބެލްޖިއަމްގެ ލީޑު ފުޅާކޮށްފަ އެވެ.

މެޗުގެ 57 ހާންސް ވަނަކެން ވަނީ ބެލްޖިއަމްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެެ. އަދި އިތުރު ވަގުތުގައި ބެލްޖިއަމްގެ ހަތަރު ވަނަ ލަނޑު ޖެހީ ތަޖުރިބާކާރު ފޯވަޑް ރޮމެއޫ ލުކާކޫ އެވެ.

މެޗަށްފަހު އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗުން ބަލިވިޔަސް، މުބާޜާތުގެ އެމެރިކާ އިން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ.

"ޓީމާމެދު ފަހުރުވެރިވޭ. އެއް އަހަރުގެ ތެރޭގައި މި ޓީމުން ސާބިތުކޮށްދީފި ރަނގަޅު ފެންވަރެއްގައި ވާދަކުރެވޭނެކަން،" ޕޮޗެޓީނޯ ބުންޏެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ބެލްޖިއަމްއާ ދެކޮލަށް ނުކުންނާނީ ސްޕެއިން އެވެ.