ރާއްޖޭގެ ވެރިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެނައުމަށް އެ ޕާޓީގެ ސަޕޯޓަރުންނާއި އެކްޓިވިސްޓުން ރިޔާސީ ކެމްޕޭން ފަށައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް، ވާދަކުރާ ޕާޓީީތަކުން ކެޕްމޭން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ އިންތިހާބުގައި ގާސިމަށް ތާއީދު ހޯދުމަށް އެޕާޓީގެ ކައުންސިލްގެ މެމްބަރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން "ގާސިމް 2023" އާއި "ހޯޕް ފޯ ދަ ނެޝަން" ގެ ނަމުގައި ޕާޓީގެ ކައުންސިލުން ވަނީ ކެމްޕޭން ކުރަމުންނެވެ.

ރިޔާސީ އިންތިހާބުގައި ގާސިމް ކުރިމަތިލެއްވުމަށް އެޕާޓީގެ މެމްބަރުން އެދުނު ނަމަވެސް، އިންތިހާބުގައި ކުރިމަތި ލައްވަން އުޅޭކަމަށް ގާސިމް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެ އެވެ.

18،000 މީހުނަށް ވުރެ ގިނަ މެމްބަރުން އެކުލެވޭ ޖުމްހޫރީ ޕާޓީގެ ނިންމުންތައް ބާއްވާނީ ގައުމީ މަޖިލީހުގެ ޖަލްސާއިން ފާސްކުރާ އެ ޕާޓީގެ ކައުންސިލުންނެވެ. މިކަން އެ ޕާޓީގެ ތަރުޖަމާނު، އަލީ ސޯލިހް ކަށަވަރުކޮށްދީފައިވާއިރު، އޭނާ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މެދު ގޮތެއް ނިންމައި އާންމުންނަށް ހާމަކުރާނީ އަންނަ މަހު ކަމަށެވެ. އަދި މިހާތަނަށް އެ އިންތިހާބާ ގުޅިގެން އެއްވެސް ރަސްމީ ނިންމުމެއް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޖުމްހޫރީ ޕާޓީ އަކީ ރާއްޖޭގައި މިވަގުތު ތިންވަނައަށް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ އެވެ. ސަރުކާރު ކޯލިޝަންގައި މި ޕާޓީ ހިމެނޭއިރު، މި ޕާޓީއަށް ވަނީ ސަރުކާރުގެ ގިނަ މަގާމްތަކެއް ލިބިފަ އެވެ.